ޝުއައިބްގެ މަރު

ސުއައިބްގެ މަރު: ޝަރީއަތް ނިމެންދެން ކޮއްކޮ ބަންދަށް

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލުމުގެ ކުށުގައި ހައްޔަރުކޮށްފައިވ ކޮއްކޮ -- ހުސައިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނާ މަވާޒުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މިއަދު ކަމަށެވެ.

މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭބެ -- މަރަދޫފޭދޫ، ބްލޫ ސްޓާ، އަހްމަދު ޝުވައިބް (27 އ) މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ މި މާރާމާރީ ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ. މިމާރާމާރީއާ ގުޅިފައިވަނީ މަސްތުވާތަކެތި ކަމަށް އެނގިފައިވެ އެވެ.

ބޭބެ މަރާލުމަށްފަހު މަވާޒް އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވުމުން އިއްޔެގެ ވަގުތެއްގަ އެވެ.