އެމްއެމްއޭ

އަގުތައް ދަށަށް ދާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފި

ބާޒާރުގައި މީހަކު މުދާ އުފުލަނީ. އަގުތައް ދަށަށް ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ -- ފޮޓޯ: އަވަސް
0%
0%
0%

މުދަލުގެ އަގުތައް މިއަހަރު ދަށަށް ދާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ހުރީ 3.9 ޕަސަންޓްގަ އެވެ.

އިންފްލޭޝަން މިއަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ދަށަށް ދާން ފަށާނެ ކަމަށާއި ހަތަރު ވަނަ ކުއާޓަރުގައި އިންފްލޭޝަން ހުންނާނީ 3.3 ޕަސަންޓްގައި ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

އެމްއެމްއޭ އިން މީގެ ކުރިން ލަފާކުރި ގޮތުން މިއަހަރު ނިމޭއިރު އިންފްލޭޝަން ހުންނާނީ 5.4 ޕަސަންޓްގަ އެވެ.

އިންފްލޭޝަން މިއަހަރުގެ ފަހުކޮޅު ދަށަށް ދާނެ ކަމަށް ލަފާކުރި ނަމަވެސް ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަގުތައް އުފުލުނުކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ކާބޯތަކެތީގެ އަގުތައް 7.8 ޕަސަންޓް އަދި ދަތުރުފަތުރުގެ އަގުތައް 8.6 ޕަސަންޓް އުފުލުނު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910