މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ "އަމަން އުދަރެސް" ފްލެޓް އިމާރާތް ކައިރީގަ އެވެ.

ހެނދުނު 9:00 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވި 20 އަހަރު ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

މިއެކްސިޑެންޓްގައި ސައިކަަލާއި ބަހަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ބަހުގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ގޮސްފައިވެ އެވެ.

އަނިޔާވި ދިވެހި ފިރިހެން މީހާއަށް ޒަހަމްތަކެއް ލިބިފައިވީ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.