ޓޫރިޒަމް

ގަދަ 10 ގައުމުން 64 ޕަސަންޓް ފަތުރުވެރިން

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 64.6 ޕަސަންޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންކަން ހާމަވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ ޖުމްލަ 861،167 ފަތުރުވެރިންގެ ތެރެއިން 555،730 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުގެ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 101،348 ފަތުރުވެރިން - 11.8 ޕަސަންޓް
  • ރަޝިއާ - 100،593 ފަތުރުވެރިން - 11.7 ޕަސަންޓް
  • އިނގިރޭސިވިލާތް - 76،148 ފަތުރުވެރިން - 8.8 ޕަސަންޓް
  • ޖަރުމަނު - 63،021 ފަތުރުވެރިން - 7.3 ޕަސަންޓް
  • އިޓަލީ - 62،078 ފަތުރުވެރިން - 7.2 ޕަސަންޓް
  • ޗައިނާ - 51،846 ފަތުރުވެރިން - 6 ޕަސަންޓް
  • އެމެރިކާ - 35،301 ފަތުރުވެރިން - 4.1 ޕަސަންޓް
  • ފްރާންސް - 29،748 ފަތުރުވެރިން - 3.5 ޕަސަންޓް
  • ސްވިޓްޒަލޭންޑް - 19،468 ފަތުރުވެރިން - 2.3 ޕަސަންޓް
  • ދެކުނު ކޮރެއާ - 16،179 ފަތުރުވެރިން - 1.9 ޕަސަންޓް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 14.2 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 754،301 ފަތުރުވެރިންނެވެ.

ނަމަވެސް ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސް މޭ މަހާއި ޖޫން މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފަ އެވެ،