ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކަށް ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗައިނާގެ ފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގަ އެވެ.