ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޅ. ހިންނަވަރަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް އުފަން ރަށް، ހިންނަވަރަށް ވަޑައިގަތީ ރައްޔިތުންނާއެކު އީދު ފާހަގަކުރެއްވުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ހިންނަވަރުން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް ސޯލިހް ހިންނަވަރަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގަތީ އީދު ފާހަގަ ކުރެއްވުމަށް އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.