އާރްޑީސީ

އާރްޑީސީގެ އިސްވެރިއެއްގެ ބޮޑު ހިޔާނާތެއް ތަހުގީގުކުރަނީ

Jul 4, 2023
2

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފައިސާތަކެއް އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މައްސަލައާއި ގުޅޭ ތަފްސީލް ފުލުހުން ހިއްސާ ނުކުރި އެވެ. ނަމަވެސް އާރްޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަން ޔަގީންކޮށްދެއްވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީގެ އެކައުންޓްގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ އެކެވެ.

ފުލުހުންގެ ސަމާލުކަމަށް މިމައްސަލަ އައުމާ އެކު މައްސަލަ ތަހުގީގުކުރަނީ ފުލުހުންނާއި މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށް އެނގިފައިވެ އެވެ.

އާރްޑީސީއާ ގުޅޭ މިމައްސަލައިގައި އެ ކުންފުނިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.