މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ކޯރަމް ގެއްލުވާލައިފި

މާލޭ ސިޓީ ކައުންސިލް ބައްދަލުވުމެއްގެ ކޯރަމް ގެއްލުވާލައި ކައުންސިލަރުންތަކެއް ނުކުމެވަޑައިގެންފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުން ބައެއް މެންބަރުން ނުކުމެވަޑައިގެންނެވީ އެޖެންޑާއާމެދު ހިތްހަމަނުޖެހުންފާޅު ކުރެއްވުމަށްފަހު އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަވަސްއަށް ވިދާޅުވީ ބައެއް ކައުންސިލަރުން ޖަލްސާއިން ނުކުމެވަޑައިގެންނެވީ އެ ބޭފުޅުން ހުށަހެޅުއްވި ކަންކަން ބައްދަލުވުމަށް އެޖެންޑާ ނުކުރުމުން ކަމަށެވެ.

ގާނޫނުގައިވާ ގޮތުން 72 ގަޑިއިރު ކުރިން މައްސަލަ ހުށަހަޅަންޖެހޭއިރު އެ މައްސަލަތައް ހުށަހެޅީ އޭގެ ފަހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މައްސަލަތައް ހުށަހެޅީ އެޖެންޑާ އެކުލަވާލި ފަހުން ކަމަށްވެސް މުއިއްޒު ވިދާުވި އެވެ.

ޖަލްސާ ދޫކުރެއްވި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަވަސް އަށް ވިދާޅުވީ މީގެ ކުރިން 48 ގަޑިއިރު ކުރިން ހުށަހަޅާ މައްސަލަތައް އެޖެންޑާކޮށްފައިވާ ކަމަށާއި މިފަހަރު މައްސަލަ އެޖެންޑާކޮށްފައިނުވާ ކަމަށެވެ.