ރާއްޖެ ކުޅިވަރު

ފިރިހެން ވޮލީ ޓީމަށް ވެސް ހަތަރުވަނަ

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީން ވެސް ރާއްޖެ އަށް ހަތަރުވަން ލިބިއްޖެ އެވެ.

ދާދި ދެންމެއަކު ނިމުނު މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖެ ބަލިވީ ޕާކިސްތާން އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 19-25، 13-25 އަދި ފަހު ސެޓް 17-25އިންނެވެ.

މުބާރާތުގައި އަފްގާނިސްތާން ބަލިކޮށް ސެމީން ޖާގަ ހޯދި ރާއްޖެ ސެމީގައި ބަލިވީ އިއްޔެ އިންޑިޔާ އަތުންނެވެ.

މި މުބާރާތުގެ އަންހެން ބައިން ވެސް ރާއްޖެ އަށް ލިބުނީ ހަތަރު ވަނަ އެވެ.

ރާއްޖޭގެ ދެ ޓީމު ފައިނަލަށް ނުގޮސް ކެޓި ނަމަވެސް ރާއްޖޭގެ ވޮލީ ރެފްރީ ކުނޑި އަހުމަދު ސަލީމަށް ވަނީ މުބާރާތުގެ ފައިނަލް ގައި އިންޑިޔާ އާއި ލަންކާ ވާދަކުރާ މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިފަ އެވެ.