ޕީޕީއެމް

މުޒާހަރާގެ ތެރެއިން 15 މީހުން ހައްޔަރުކުރި، ދޫކޮށްލީ ހަ މީހުން: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ހަ މީހަކު ދޫކޮށްލައިފި އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް އިން މައުލޫމާތު ދީފައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގު ވެސް ހިމެނެ އެވެ.

ޕީޕީއެމް އިން ބުނި ހައްޔަރުކުރި 15 މީހުންގެ ތެރެއިން ނުވަ މީހުން އަދިވެސް ބަންދުގައި ތިބި ވަކި ސަބަބެއް ނޭނގޭ ކަމަށެވެ.

ފުލުހުންގެ ބަހެއް އަވަސްއަށް ލިބިފައި ނުވާތީ ބަންދުގައި ތިބި މީހުންނާ މެދު ފުލުހުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރާ އެއްވެސް މީހަކު 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.