މޯލްޑިވްސް ޕޮލިސް ސާވިސް

ތިން މިލިއަން ރުފިޔާއަށް ވުރެ ގިނަ ތަކެތި ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފި

ފުލުހުންގެ މާފަންނު ޕޮލިސް އަދި ގަލޮޅު ޕޮލިސް ސްޓޭޝަނަށް މިދިޔަ ޖޫން މަހު ހުށަހަޅާފައިވާ އެކި މައްސަލަތަކުގައި ހިމެނޭ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފި އެވެ.

މާފަންނު ޕޮލިސްގެ ރެސްޕޯންސް އެންޑް ޕެޓްރޯލް ޓީމުން އެކަނިވެސް ޖޫން މަހު 926،160 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވެ އެވެ. މީގެތެރޭގައި 720،000 ރުފިޔާގެ އަގުކުރެވިފައިވާ މޮޓޯ ސައިކަލު ހިމެނެ އެވެ. އަދި 163،429 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާއިން 20،651 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 22،080 ރުފިޔާގެ ތަކެތި ވަނީ ހޯދާފަ އެވެ.

މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން 173،655.77 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވެ އެވެ. މީގެތެރެއިން މޮޓޯ ސައިކަލުގެ ޖުމްލަ އަގަކީ 30،000 ރުފިޔާ އެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 103،893.77 ރުފިޔާ ހޯދައިދީފައިވެ އެވެ. އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 20،300 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، އެހެނިހެން ތަކެތީގެ ގޮތުގައި 19،462 ރުފިޔާގެ ތަކެތި ހޯދާފައިވެ އެވެ.

ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އެންޑް ޕެޓްރޯލް ޓީމުން ޖޫން މަހު 251،700 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވެ އެވެ. މީގެތެރޭގައި 225،000 ރުފިޔާގެ މޮޓޯ ސައިކަލާއި، 12،600 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދާފައިވެ އެވެ. އަދި ނަގުދު ފައިސާއިން 1،500 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 12،600 ރުފިޔާގެ މުދާ ވަނީ ހޯދާފަ އެވެ.

ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން 2،191،586 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު މީގެތެރޭގައި ހިމެނެނީ 1،198،200 ރުފިޔާގެ އަގުހުރި ސައިކަލު އަދި މަކަރާއި ހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދައިދީފައިވާ 619،258.03 ރުފިޔާ އެވެ. އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 308،950 ރުފިޔާގެ ތަކެތި ހޯދާފައިވެ އެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 65،177.88 ރުފިޔާގެ ތަކެތިވެސް މިމުއްދަތުގައި ހޯދާފައިވެ އެވެ.