ރޭޕް

ވިލިނގިލީގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކޮށް، ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުންނަށް މި މައްސަަލަ ރިޕޯޓް ކޮށްފައިވަނީ ރޭގެ ވަގުތެއްގަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ،

މިމައްސަލަ އާއި ގުޅިގެން ވިލިނގިލި ކައުންސިލަރުންނާ އަވަސް އިން ސުވާލުކުރި ނަމަވެސް ފޯނަށް ޖަވާބު ދެއްވި ކައުންސިލަރުން ވަނީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފަ އެވެ.