އީވާ އަބްދުﷲ

އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ބިރު ދެެއްކުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ދަރިކަލުންގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އީވާ ހުށަހަޅުއްވާފައިވާ މިމައްސަލައާއި ގުޅިގެން މިރޭ 10:34 ހާއިރު ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ފޭކް އެކައުންޓަކުން އެކަން ކުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިމައްސަލައިގައި އީވާ ކުރެއްވި ޓްވީޓެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވާ މައްސަލަ ބަލައިދިނުމަށްވެސް ކުރިން އެދިވަޑައިގެންފައިވެ އެވެ.

އީވާގެ ދަރިކަލުންގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު އީވާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.