ޓޫރިޒަމް

ފަތުރުވެރިކަމުގެ ތިންވަނައަށް ޗައިނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައަށް ޗައިނާ އަރައިފި އެވެ.

އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ތިންވަނައަށް އެރި ޗައިނާއިން މިއަހަރުގެ މިހާތަނަށް 91،555 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި ޖުމްލަ 1،070،765 ފަތުރުވެރިންގެ 8.6 ޕަސަންޓެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 126،504 ފަތުރުވެރިން
  • އިންޑިއާ - 122،375 ފަތުރުވެރިން
  • ޗައިނާ - 91،555 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 89،769 ފަތުރުވެރިން
  • ޖަރުމަނު - 72،608 ފަތުރުވެރިން
  • އިޓަލީ - 68،516 ފަތުރުވެރިން
  • އެމެރިކާ - 44،169 ފަތުރުވެރިން
  • ފްރާންސް - 32،302 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 22،234 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 19،313 ފަތުރުވެރިން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އެ ބަލިމަޑުކަމުގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.