ގާސިމް އިބްރާހިމް

ގާސިމުގެ ރަނިން މޭޓަކަށް ޑރ. އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމުގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.

ގާސިމުގެ ރަނިން މޭޓަކަށް އަމީން ހަމަޖައްސަވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމުގެ ކެމްޕޭން މެނޭޖަރަކަށްވެސް ހަމަޖައްސަވާފައިވާ އެއް ބޭފުޅަކީ އަމީން އެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ އަމީން އެވެ. މީގެ އިތުރުން މާލޭގެ ދެބައިކުޅަ އެއްބައި ހަވާލުކުރައްވާފައިވަނީވެސް އަމީނަށެވެ.

އަމީން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.