ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް އއ. އަތޮޅަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އއ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އއ. ތޮއްޑޫއަށެވެ.

މި ދަތުރުފުޅުގައި ބަައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ވ، މ، ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް ރައީސް ސޯލިހު ވަޑައިގެންނެވި އެވެ.