ޓޫރިޒަމް

ފަތުރުވެރިކަމުގެ ގަދަ 10އަކަށް ސްޕެއިން

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ގަދަ 10 ގައުމުގެ ތެރޭގައި ސްޕެއިން ހިމެނިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސްޕެއިނުން މިއަހަރުގެ މިހާތަނަށް 21،783 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 1.9 ޕަސަންޓެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންނަށްވުރެ 13.8 ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 137،221 ފަތުރުވެރިން
  • އިންޑިއާ - 128،756 ފަތުރުވެރިން
  • ޗައިނާ - 108،467 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 96،035 ފަތުރުވެރިން
  • ޖަރުމަނު - 76،723 ފަތުރުވެރިން
  • އިޓަލީ - 75،398 ފަތުރުވެރިން
  • އެމެރިކާ - 46،801 ފަތުރުވެރިން
  • ފްރާންސް - 34،432 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 22،956 ފަތުރުވެރިން
  • ސްޕެއިން - 21،783 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 1،260 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 173 ރިސޯޓާއި 912 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 13 ހޮޓެލް ހިމެނެ އެވެ.