އޮބިޗުއަރީ

ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ އަވަހާރަވެއްޖެ އެވެ.

އާއިލާ މީހަކު ބުނި ގޮތުގައި އުސްމާން އަބްދުﷲ އަވަހާރަވީ ފަތިސް ނަމާދަށް ތައްޔާރުވިތަނާ އެވެ. އުސްމާން އަބްދުﷲ އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

އިސްލާމްދީނުގެ މައުލޫމާތު ދެއްވުމުގައި އުސްމާން އަބްދުﷲ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ.

އުސްމާން އަބްދުﷲ ވަނީ ޒަކާތް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ފޮތްތައްވެސް ލިޔުއްވާފަ އެވެ.