މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކު ނިޔާވެއްޖެ

ސިފައިންގެ މީހަކު ކުއްލި ގޮތަކަށް ނިޔާވިތާ ދެ ދުވަސް ފަހުން ފުލުހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު މޫސާ، 49، އެވެ.

އަހްމަދު ނިޔާވުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ވަނީ ތައުޒިޔާ ކިޔާފަ އެވެ. ނަމަވެސް އަހްމަދުގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ސިފައިންގެ ހިދުމަތުގައި 26 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ސާޖަންޓް މުހައްމަދު އަހްމަދު ދީދީ އުމުރުން 45 އަހަރުގައި ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ ހުކުރު ދުވަހު އެވެ.