މާރިޔާ އަހުމަދު ދީދީ

މާލޭގައި ޖަލްސާ ބާއްވަން ހުއްދައެއް ނުދިން: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާ މާލޭގައި ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދިން ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅުއްވާ ކަމަށެވެ.

މާލޭގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ ބާއްވަން ހުއްދަ ހޯދުމަށް މާލޭ ސިޓީ ކައުންސިލުގައި ދެ ފަހަރު އެދުނު ނަމަވެސް އެ ފުރުސަތު ނުދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ފުރަތަމަ ފަހަރުވެސް އެހެން ކަމެއް އޮތޭ ކިޔައިފައި ނުދެއްވީ،" މާރިޔާ ވިދާޅުވި ވިދާޅުވި އެވެ.

ޖަލްސާ ބާއްވަން ދެވަނަ ފަހަރު އެދުމުން އެރޭ އެތަން ބަޔަކު ހިފާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ދޮގެއްކަން ބައެއް ކައުންސިލަރުން ޔަގީންކޮށްދޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުން ގެންދެވި ނަމަވެސް ސަރުކާރުން ވާދަވެރިންނަށް ކެމްޕޭންކުރުމުގެ ފުރުސަތު ދެމުންދާ ކަމަށެވެ.