އެމްއެމްއޭ

އެމްއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން އިންޝުއަރެންސް ނިޒާމު ހަރުދަނާކުރަނީ

އިންޝުއަރެންސް ނިޒާމު ހަރުދަނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އެމްއެމްއޭ
0%
0%
0%

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- އެމްއެމްއޭ އާއި ޔޫއެންޑީޕީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިންޝުއަރެންސް ދާއިރާ ހަރުދަނާކުރުމުގެ މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަލީ ހާޝިމެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަލީ ހާޝިމް ވިދާޅުވީ އެއްބަސްވުމާއެކު މުޅި މާލީ ދާއިރާއިން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

އެ ބަދަލުތަކަކީ ދެމެހެއްޓެނިވި ތަރައްގީ އާއި އިގުތިސާދީ ގޮތުން ކުރިއެރުން ގެންނާނެ ބަދަލުތަކެއް ކަމަށްވެސް އަލީ ހާޝިމް ވިދާޅުވި އެވެ.

އިންޝުއަރެންސް ނިޒާމު ހަރުދަނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ -- ފޮޓޯ: އެމްއެމްއޭ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާ ވިދާޅުވީ މޫސުމީ ބަދަލުތަކުން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ރަނގަޅު އިންޝުއަރެންސް ނިޒާމެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

ޔޫއެންޑީޕީން ބުނީ މި އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ދާއިރާއަށް ބޭނުންވާ މުހިންމު ގަވައިދުތައް ހަރުދަނާ ކުރާނެ ކަމަށެވެ. އެގޮތުން ޔޫއެންޑީޕީން މިއަހަރުގެ ކުރީކޮޅު ހެދި "އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީ"އިން ފާހަގަވި ކަންކަމާއި ގުޅޭ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ޔޫއެންޑީޕީން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910