ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބެރިޔަންފަރުގައި އެއާޕޯޓް އަޅާނީ ތިމާވެއްޓާ ރައްޓެހި ގޮތަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރ. ފައިނު ރައްޔިތުން މަރުހަބާ ކިޔަނީ --
0%
0%
0%

ރ. ބެރިޔަންފަރުގައި އެއާޕޯޓު އަޅާނީ ތިމާވެއްޓަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރ. ފައިނަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ބެރިޔަންފަރަކީ ތިމާވެށީގެ ގޮތުން މުއްސަނދި ތަނެއްކަން ފާހަގަކުރައްވާފަ އެވެ.

އެއާޕޯޓް މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކަށް ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށާއި އެހެން ނަމަވެސް މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެށި މެނޭޖުކޮށްގެން ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ.

"އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އެ ހުރިހާ ކަމަކަށް ބަލައި ތިމާވެއްޓަށް ވެސް އެންމެ ފައިދާ ހުރި ގޮތަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅަން ނިންމުމަށްފަހު އެ އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި ކަމަށް ރައީސް ސޯލިހު ހާމަކުރެއްވީ ޖޫން މަހު އެވެ.

ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އޮންނައިރު އެ އަތޮޅު އަލިފުށީ އެއާޕޯޓްގެ މަސައްކަތް ދަނީ ނިމެމުންނެވެ.

މި ސަރުކާރުން ވަނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫގައިވެސް އެއާޕޯޓް އެޅުމަށް ނިންމާ ބިން ހިއްކަން ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ފ. މަގޫދޫ އާއި މ. މުލީގެ އެއާޕޯޓުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345