ޝާޔަން ޝާހިދު

ބަނގުރަލާއެކު ހައްޔަރުކުރުމަށްފަހު ޝާޔަން ދޫކޮށްލައިފި

Aug 26, 2023

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތު ޝާޔަން ޝާހިދު ކްރިމިނަލް ކޯޓުން ޝަރުތުތަކަކަށްފަހު ދޫކޮށްލައިފި އެވެ.

ޝާޔަން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާއަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަކުށަކަށް ކަމަށާއި ޝާޔަން ހުރިތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ފިރިމީހާގެ ތަކެތިކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ޝާޔަންއަކީ ކުށުގެ ރެކޯޑް ނެތް މީހަކަށްވާތީ މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ޝަރުތުތަކަކަށްފަހު ބަންދުކޮށް ދޫކޮށްލުމަށް ނިންމީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

މި މައްސަލައިގައި ޝާޔަންގެ އިތުރުން ހަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ޝާޔަންގެ ފިރިމީހާ އާއި ޝާޔަންގެ އާއިލީ މީހަކުވެސް ހިމެނެ އެވެ. ޝާޔަން ފިޔަވައި މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.

ބައެއް ކުންފުނިތަކުގެ މާކެޓިން މަސައްކަތްކޮށްފައިވާ ޝާޔަން ވަނީ ޕަބްލިކް ސާވިސް މީޑިއާ -- ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަންކޮށްފަ އެވެ.