މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ އިން މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ އިން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި އެވެ.

އާއިލާ އަށް ހަބަރެއް ނުވެގެން ހޯދަނީ ހއ. ބާރަށް، ސައިނިންސްޓާ، މުހައްމަދު ތައުފީގު (35އ) އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާ އިން ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 1:35 ހާއިރު ކަމަށެވެ.

މުހައްމަދު ތައުފީގު އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން މިމަހުގެ 22 ވަނަ ދުވަހުގެ 11:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭރު މުހައްމަދު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މުހައްމަދު ތައުފީގާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.