ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވި ނިންމާލައިފި އެވެ.

ކޯރަމް ހަމަނުވާތީ ޖަލްސާ ނުބޭއްވި ނިންމާލިކަން އިއުލާނުކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވެނީ ޖަލްސާ ފަށާއިރު 22 މެންބަރު ހާޒިރުވުމުންނެވެ.

"ކޯރަމް ރަނގަބީލު ޖަހާ އޭގެ ފަހުން އޭގެ ވަގުތު ހަމަވެ ހިނގައްޖެ. އެހެން ނަމަވެސް މަޖިލީހުގެ ތަޅުމަށް ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ހާޒިރުނުވެވާތީ ޖަލްސާ ނުބޭއްވި ނިމުނީ،" ނަޝީދު މިއަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އާއި ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.