އެމްއެމްއޭ

ޕޭމަންޓް ސިސްޓަމުން 10 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމު، މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" މެދުވެރިކޮށް 10.6 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ފަވަރަ މެދުވެރިކޮށް އިއްޔެ މެންދުރު 1:30ގެ ނިޔަލަށް 3،676 މުއާމަލާތްކޮށްފައިވެ އެވެ.

ކްރޮސްރޯޑްސްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފަވަރަ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފަވަރައިގެ ސަބަބުން އެއް ބޭންކް އެކައުންޓުން އަނެއް ބޭންކް އެކައުންޓް ކުރާ މުއާމަލާތް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެ އެވެ.

މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ހިދުމަތް ދެނީ ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް -- އެމްއައިބީ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ -- އެސްބީއައި އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރައިގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ފަސޭހަވެ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޭންކް އެކައުންޓެއް ނެތް މީހަކަށްވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން ފަވަރަ ސިސްޓަމްގައި ބައިވެރިވާ މީހެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345