އަހުމަދު ނަސީމް

ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ އޯގާތެރިކަން ރައްޔިތުން ބަލައިގަނޭ: ނަސީމް

ޑްރަގް ކޯޓުގެ އަހަރީ ދުވަހުގެ ހަފުލާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ޑްރަގް ކޯޓު
0%
0%
0%

ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ އޯގާތެރިކަން ރައްޔިތުން ބަލައިގަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ޑްރަގް ކޯޓަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންގެ އޯގާތެރިކަމުގެ ވާހަކަ ރައްޔިތުން ފާހަގަކުރާ ކަމަށެވެ.

އެގޮތުން އަޑުއެހުންތަކުގައި ގާޒީން ގެންގުޅޭ ބަހުރުވަ އާއި ވާހަކަ ދައްކާއިރު ބަހައްޓާ އޯގާތެރިކަން ރައްޔިތުން ބަލައިގަންނަ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް އިތުރަށް ވިދާޅުވީ މަސްތުގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ޑްރަގް ކޯޓުގެ ދައުރު ބޮޑު ކަމަށެވެ.

އެގޮތުން ޑްރަގް ކޯޓުގެ ނިޒާމަކީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައިވެސް ކާމިޔާބު ނިޒާމެއް ކަމަށާއި ކޯޓުގެ ހިދުމަތް ފުޅާކުރަންޖެހޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން ނަސީމް ވަނީ ޑްރަގް ކޯޓަށް ހުށަހެޅި ބަލަން ފަށާ މައްސަލަތައް ގިނަވިޔަ ނުދީ ހަލުވިކޮށް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345