ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ފުރަން ފަށައިފި

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފި އެވެ.

އެގޮތުން ރޭ ފަތިހުން ފެށިގެން މާލެއިން ފުރަން ފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުންނެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ފުރާނީ މި މަހު 31 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ސަރަހައްދެއްގައިވެސް ވަނީ ގާއިމުކޮށްފަ އެެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދަނީ އިލެކްޝަންސް ކޮމިޝަނާ އެކު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުންނާއި ފުލުހުންގެ ގާނޫނު ދީފައިވާ ބާރުތަކުގެ ދަށުންނެެވެ،

ފުލުހުންގެ އިދާރާ އިން ބުނީ ވޯޓުލާ ދުވަހު ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީންތަކެއް ލިބިފައިވާ އަދި އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ލިބިފައިވާ ފުލުހުން

ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު އެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް އެވެ.