އެމްއެމްއޭ

ޖުލައި މަހު ރިޒާވް ދަށަށް ހިނގައްޖެ

ދައުލަތުގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް މިއަހަރު ދަށަށް ނުދާ މިންވަރަށް ޖުލައި މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހު ރަސްމީ ރިޒާވްގައި ހުރީ 594.1 މިލިއަން ޑޮލަރެވެ.

މިއީ މިއަހަރުގެ ޖޫން މަހު ރަސްމީ ރިޒާވްގައި ހުރި އަދަދަށްވުރެ 108.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި ޖުލައި މަހު ހުރީ 125 މިލިއަން ޑޮލަރެވެ. މިއީ ޖޫން މަހު ޔޫޒަބަލް ރިޒާވްގައި ހުރި 168.1 މިލިއަން ޑޮލަރަށްވުރެ 43.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މިއަހަރު ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް މަހުން މަހަށް

  • ޖެނުއަރީ: ރަސްމީ ރިޒާވް 790 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 253.8 މިލިއަން ޑޮލަރު
  • ފެބްރުއަރީ: ރަސްމީ ރިޒާވް 795.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 235.4 މިލިއަން ޑޮލަރު
  • މާޗް: ރަސްމީ ރިޒާވް 764.6 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 200.2 މިލިއަން ޑޮލަރު
  • އެޕްރީލް: ރަސްމީ ރިޒާވް 756.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 151.3 މިލިއަން ޑޮލަރު
  • މޭ: ރަސްމީ ރިޒާވް 748.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 147.7 މިލިއަން ޑޮލަރު
  • ޖޫން: ރަސްމީ ރިޒާވް 702.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 168.1 މިލިއަން ޑޮލަރު
  • ޖުލައި: ރަސްމީ ރިޒާވް 594.1 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 125 މިލިއަން ޑޮލަރު

މީގެ ކުރިން ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީ ރިޒާވްގައި 499.6 މިލިއަން ޑޮލަރު ހުރިއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 105.1 މިލިއަން ޑޮލަރެވެ.

އެ އަހަރުގެ ނޮވެމްބަރު މަހު ރަސްމީ ރިޒާވްގައި 604.2 މިލިއަން ޑޮލަރު ހުރިއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 219 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރަސްމީ ރިޒާވްގައި ހުރީ 832.1 މިލިއަން ޑޮލަރެވެ. އެ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 267.6 މިލިއަން ޑޮލަރެވެ.