ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ހދ. އަތޮޅަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހދ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ކެމްޕޭންގައި ރައީސް ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މީގެ ކުރިންވެސް ހދ. އަތޮޅަށް ވަޑައިގެންފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ރ. ބ. ޅ. އއ. ވ، މ، ދ. ލ. ގއ. ގދ. އަދި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ 100 އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކުރައްވާފަ އެވެ.