ގާސިމް އިބްރާހިމް

ގާސިމުގެ ކެމްޕޭން ދަތުރުތައް ނިންމާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމުގެ ކެމްޕޭން ދަތުރުތައް ނިންމާލައިފި އެވެ.

ގާސިމު އިބްރާހީމު ރިޔާސީ ކެމްޕޭން ދަތުރުތައް ފެއްޓެވީ އދ. މާމިގިލިން މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ކެމްޕޭންގައި ގާސިމު 14 އަތޮޅަކަށް ދަތުރުކުރައްވާފައިވާއިރު ކެމްޕޭން ދަތުރުތައް ނިންމާލީ ރޭ ހއ. އަތޮޅުންނެވެ.

ކެމްޕޭނާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ބުނީ ރަށްރަށުން ލިބުނު ތަރުހީބުން އުންމީދު އާވެފައިވާ ކަމަށެވެ.

ގާސިމުގެ ކެމްޕޭން ދަތުރުތައް ނިންމާލާފައިވާއިރު ގާސިމަށް ވަޑައިނުގެންނެވޭ ބައެއް އަތޮޅުތަކަށް ގާސިމުގެ ރަނިންމޭޓް އަދި އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްޕޫރީ ޕާޓީން ވާދަކުރަން ނިންމީ އެގޮތަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރުމުންނެވެ.