މޯލްޑިވްސް ޕޮލިސް ސާވިސް

އިންތިހާބާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށް ގެންދަނިކޮށް ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ވޯޓު ކަރުދާސް ދެއްކި މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. ވޯޓުލާ ބައެއް މަރުކަޒު ތަކުގައި އިއްޔެ ވޯޓުލުން މެދު ކަނޑާލަން ޖެހުނު ކަމުގައިވީ ނަމަވެސް ނިސްބަތުން އެއީ މަދު މަރުކަޒެއްގައި ކުޑަ ވަގުތު ކޮޅަކަށެވެ.

ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ ފަރާތުން ބައެއް މައްސަލަތައް ފެނިފައިވާއިރު ވޯޓުލާ މަރުކަޒަށް އިތުރު ގަލަމެއް ވެއްދުން ފަދަ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.