ރައީސް މުހައްމަދު ނަޝީދު

ނަޝީދު ދެއްވީ މުއިއްޒަށް ތާއީދުކުރައްވަފާނެ ކަމުގެ އިޝާރާތެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަފާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެ ގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކިން ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި" ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނަށް އަމާޒުކޮށް މޭ ހައެއް، 2021 ވަނަ ދުވަހުގެ ރޭ ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ.

ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ މީގެ ކުރިން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފަ އެވެ.

އެގޮތުން ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން ލިބުނު ކަމަށް ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިން ވިދާޅުވެފަ އެވެ.

ބޮމުގެ ހަމަލާ ދިން މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ދައުލަތުގެ އިދާރާތަކުގެ ތަހުގީގަށްފަހު އެކުލަވާލާފައިވާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.