ފާރިސް މައުމޫން

އިސްލާހީ ބަދަލު ގެނައުމުގައި ދެމި ހުންނާނަން: ފާރިސް

އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް މި އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

މީގެ އިތުރުން ފާރިސް ވަނީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފާރިސްއަށް ލިބިވަޑައިގަތީ 3،188 ވޯޓު -- 1.45 ޕަސަންޓެވެ.