ޓޫރިޒަމް

ފަތުރުވެރިކަން 14 ޕަސަންޓް ކުރި އަރައިފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 14 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 153،287 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 64.6 ޕަސަންޓް -- 807،583 ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެންމެ ކުރީގައި އުޅޭ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

ފަތުރުވެރިންގެ ގަދަ 10 ގައުމު

  • ރަޝިއާ - 146،653 ފަތުރުވެރިން
  • އިންޑިއާ - 137،613 ފަތުރުވެރިން
  • ޗައިނާ - 123،824 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 101،932 ފަތުރުވެރިން
  • ޖަރުމަނު - 82،504 ފަތުރުވެރިން
  • އިޓަލީ - 80،469 ފަތުރުވެރިން
  • އެމެރިކާ - 49،663 ފަތުރުވެރިން
  • ފްރާންސް - 35،962 ފަތުރުވެރިން
  • ސްޕެއިން - 25،234 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 23،729 ފަތުރުވެރިން

ފަތުރުވެރިކަމަށް ރާއްޖޭގައި މިހާރު 1،261 ފެސިލިޓީ ހިންގަމުންދާއިރު އޭގެ ތެރޭގައި 172 ރިސޯޓާއި 913 ގެސްޓްހައުސް އާއި 162 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރީ 62،236 އެނދެވެ.