ޖުމްހޫރީ ޕާޓީ

ގައުމުގެ އިސްލާހަށް ކުރާ މަސައްކަތުގައި ދެމި ތިބޭނަން: ޖޭޕީ

ރިޔާސީ އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ގައުމުގެ އިސްލާހަށް ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އިސްލާހަށާއި ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ.

"ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިގުތިސާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމި އޮންނާނެ،" ޖޭޕީން ބުނެފައިވެ އެވެ.

އެޕާޓީން އިތުރަށް ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތެއް ޕާޓީގެ ކައުންސިލުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމަށް ވޯޓު ދެއްވި އެންމެންނަށް އެޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،523 ވޯޓެވެ.