އެމްއެންޑީއެފް

ހުޅުމާލެ ފަޅުތެރެއިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ފެނިއްޖެ އެވެ.

ހުޅުމާލެ އިރުމަތި ފަރާތު ފަރު ކައިރިއަށް ކުދިމަސް ހިފުމަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:25 ހާއިރުއެވެ.

ސިފައިންގެ އިން ބުނީ މި މީހާ މަސް ހިފުމަށް ފައިބާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މި މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު މި މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ދިޔައީ ކަނޑުމަގުންނާއި އެ ސަރަހައްދުގެ ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.

މި މިހާރު ވަނީ ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފި އެވެ.