ޑރ. މުހައްމަދު މުއިއްޒު

ފީފާ ފެންވަރުގެ ދަނޑުތައް ތަރައްގީކުރާނަން: މުއިއްޒު

ރާއްޖޭގައި ފީފާ ސްޓޭންޑަޑްގެ ދަނޑުތައް ތަރައްގީކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ނ. މާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަކީ ޕީޕީއެމް-ޕީއެންސީގެ މައިގަނޑު ސިޔާސަތެއް ކަމަށެވެ.

އެގޮތުން ރަށްރަށުގެ ފުޓްބޯޅަ ދަނޑުތައް ތަރައްގީކޮށް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ރަނގަޅު ނިޒާމެއްގެ ތެރެއިން ކްލަބު މެޗުތައް ކުޅެވޭނެ ގޮތް ފަހިކޮށް ފެންވަރު ރަނގަޅު ދިވެހި ލީގެއް އުފެއްދުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ފުޓްބޯޅަައިގެ ހާލަތު މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި ފުޓްބޯޅައަށް ރާއްޖޭގައި ކުރިން އޮތް ފޯރި އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.