މޯލްޑިވްސް ކަސްޓަމްސް ސާވިސް

490 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 490 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގަ އެވެ.

މި ގޮތުން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ފުރަތަމަ މަރުހަލާގެ ތަހުލީލުގައި މި ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.