އިލެކްޝަންސް ކޮމިޝަން

އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މީގެ ތެރޭގައި އިންތިހާބު ބާއްވާ ތާރީހަށް 18 އަހަރު ފުރިގެން އަލަށް ވޯޓުލެވޭ 408 މީހުން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު މި އިންތިހާބުގައި އިތުރު 12 ވޯޓު ފޮއްޓާއެކު ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ބޫތުގެ ޑިޒައިނަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ.