ރިޔާސީ އިންތިހާބު 2023

ދާއިމީ ލިސްޓަށް އެކަކު އިތުރުވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގެ ޖުމްލައަށް އެކަކު އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފައިނަލް ލިސްޓުގެ ޖުމްލައަށް އެކަކު އިތުރުވީ ދެވަނަ ބުރުގައި އިތުރުވި 408 މީހުންގެ ލިސްޓަށް ލިބުނު ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.

މި ބަދަލާއެކު ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޔާބުގެ ދެވަނަ ބުރުގައި އަލަށް ވޯޓު ދިނުމުގެ ހައްގު 409 މީހުންނަށް ލިބެ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ.

ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.