މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) ފެނުނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވާއިރު އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުން މީހުން ގެއްލިގެން ހޯދަންޖެހޭ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.