ޓޫރިޒަމް

ގަދަ 10 ގައުމުން 862،000 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުން މިއަހަރުގެ މިހާތަނަށް 862،666 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1.3 މިލިއަން ފަތުރުވެރިންގެ ތެރެއިން 862،666 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުގެ ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 64 ޕަސަންޓެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 155،068 ފަތުރުވެރިން
  • އިންޑިއާ - 146،404 ފަތުރުވެރިން
  • ޗައިނާ - 138،229 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 107،523 ފަތުރުވެރިން
  • ޖަރުމަނު - 89،214 ފަތުރުވެރިން
  • އިޓަލީ - 83،550 ފަތުރުވެރިން
  • އެމެރިކާ - 52،756 ފަތުރުވެރިން
  • ފްރާންސް - 37،153 ފަތުރުވެރިން
  • ސްޕެއިން - 27،879 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 24،890 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.9 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.1 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،266 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 172 ރިސޯޓާއި 918 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 14 ހޮޓާ ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.