ރައީސް އަބްދުﷲ ޔާމީން

ޔާމީން ގެއަށް ބަދަލުކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ނިންމައިފި އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަން ޕީޕީއެމްގެ އިސް ބޭފުޅަކު ވަނީ އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައި މިވަނީ އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގޮވާލައްވާފައި ވަނިކޮށެވެ.

މުއިއްޒު ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޔާމީން ގެއަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާ އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް،" މުއިއްޒު ރޭ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910