ލައިފްސްޓައިލް

ހެނދުނު ގަޑީގައި ބިސް ކެއުމުން ގިނަ ފައިދާތަކެއް ލިބޭ!

ކުކުޅު ބިހަކީ ޔަގީނުން ވެސް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ދިވެހިންގެ ތެރޭގައި ވެސް ބިހަކީ މަގުބޫލު އެއްޗެކެވެ. ކިތަންމެ އަގު ބޮޑު ވިޔަސް ނުގަނެއް ދިވެހިންނަށް ނޫޅެވޭނެ އެވެ. ފޮނިކާ އެއްޗެއް ހަދަންޏާ ބިސް އަޅަން އެބަ ޖެހެ އެވެ. ދިވެހިން އާންމުކޮށް ބިސް ކައި އުޅެނީ މެންދުރު ނޫނީ ހަވީރު އެވެ. ހެނދުނު ބިސް ކާ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކު ގިނަ މީހުންނަށް ނުކައި ދޫކޮށްލެވެ އެވެ. ހެނދުނު ބިހެއް ކާލުމުން ލިބޭ ފައިދާތައް ގިނަ އެވެ. ފައިދާތަކަށް ޖެހިލާނަމެވެ.

1- ގިނައިރު ބަނޑު ހައިނުވެ ހިފަހައްޓައިދޭ

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި އިހުތިޔާރުކުރަން ވާނީ ބަނޑުހައިނުވެ ގިނައިރު، ހިފަހައްޓައިދޭ އެއްޗެކެވެ. އެއީ ނާސްތާ އާއި މެންދުރުގެ ކެއުމާ ތެރޭ ގިނަ ވަގުތުތަކެއް ނަގާތީ އެވެ. މިކަމަށް އެންމެ ރަނގަޅީ ބިހެވެ. ޓޯސްޓްފަދަ އެއްޗެއްސަށްވުރެ ބިސް، ގިނައިރު ބަނޑުހައިނުކޮށްދީ ހިފައިހައްޓައިދޭނެ އެވެ. ބިހުގައި އެކުލެވޭ ޕްރޮޓީން އާއި ފެޓްގެ ސަބަބުން ހަކަތަ ހިފެހެއްޓިފައި ހުރެ އެވެ.

2- ބަރުދަން ވެސް ލުއިވާނެ

ހެނދުނުގެ ނާސްތާއަށް ބިސް ކެއުމުން މިކަން ވެސް ހާސިލުވާނެ އެވެ. ބަރުދަން ލުއިކުރަން ބޭނުން ނަމަވެސް ހެނދުނުގެ ނާސްތާއަށް ބިހެއް ކާލާށެވެ.

3- ބިހުން ގިނަ އަދަދެއްގެ ޕްރޮޓީން ލިބޭ

ބިހަކީ އެންމެ ގިނައިން ޕްރޮޓީން އެކުލެވޭ އެކައްޗެވެ. އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ އެމިނޯ އެސިޑްސް ބިހުގައި ހުރެ އެވެ. މިއީ ވެސް ހެނދުނު ގަޑީގައި ބިސް ކާން ޖެހޭ ސަބަބެކެވެ.

4- އަގު ވެސް ބޮޑެއް ނޫން

ބައެއް ފަހަރަށް ބިހުގެ އަގު އުފުލު ނަމަވެސް ބިހުން ލިބޭ ފައިދާތަކާ ބަލާފައި ބިހަކީ އަގު ބޮޑު އެއްޗެއް ނޫނެވެ. ޕްރޮޓީން ގިނަ ބާވަތްތައް ބަލާފައި ބިހުގެ އަގު ހެވެ.

5- ބިހުން ސިކުނޑި ތަރައްގީވޭ

ބިސް ކެއުމުން ސިކުނޑިއަށް ފައިދާވެ އެވެ. އެގޮތުން ސިކުނޑީގެ ހެދި ބޮޑުވުމަށާއި ވިސްނުން ތޫނު ވުމަށް ބިސް ބޮޑު ރޯލެއް އަދާކުރެ އެވެ.

6- ލޮލަށް ވެސް ފަރުވާއެއް

ބިހުގައި އެކުލެވޭ ދެ އެންޓިއޮކްސިޑެންޓެއްގެ ސަބަބުން ޔޫވީއިން ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެ އެވެ.