ރިޒާވް

އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 694 މިލިއަން ޑޮލަރު

މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ އޮފިޝަލް ރިޒާވްގައި ހުރީ 694 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިއަހަރުގެ ޖުލައި މަހު ރިޒާވްގައި ހުރި 594 މިލިއަން ޑޮލަރަށްވުރެ 100 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

އޮފިޝަލް ރިޒާވުން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި އޮގަސްޓް މަސް ނިމުނުއިރު ހުރީ 150 މިލިއަން ޑޮލަރެވެ. މިއަހަރުގެ ޖުލައި މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 125 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އޮފިޝަލް ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ.

މިއަހަރު ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް މަހުން މަހަށް

  • ޖެނުއަރީ: ރަސްމީ ރިޒާވް 790 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 253.8 މިލިއަން ޑޮލަރު
  • ފެބްރުއަރީ: ރަސްމީ ރިޒާވް 795.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 235.4 މިލިއަން ޑޮލަރު
  • މާޗް: ރަސްމީ ރިޒާވް 764.6 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 200.2 މިލިއަން ޑޮލަރު
  • އެޕްރީލް: ރަސްމީ ރިޒާވް 756.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 151.3 މިލިއަން ޑޮލަރު
  • މޭ: ރަސްމީ ރިޒާވް 748.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 147.7 މިލިއަން ޑޮލަރު
  • ޖޫން: ރަސްމީ ރިޒާވް 702.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 168.1 މިލިއަން ޑޮލަރު
  • ޖުލައި: ރަސްމީ ރިޒާވް 594.1 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 125 މިލިއަން ޑޮލަރު

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.