ހުޅުމާލެ

ހިޔާ ފްލެޓަކުން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގެ ހިޔާ ޓަވަރަކުން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.

އުމުރުން 15 އަހަރުގެ މި ކުއްޖާ ވެއްޓުނީ ހަވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާ އިންނެވެ.

މިކުއްޖާ އަށް ހުޅުމާލެ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ކުއްޖާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ބޯ ފަޅައިގެން ގޮސްފައިވާއިރު ކުއްޖާގެ ނޭވާ ނުލަ އެވެ.

މިކުއްޖާ ވެއްޓުނު ކަމަށްވަނީ ކާރެއްގެ ބޮނެޓްގެ މައްޗަށެވެ.