މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ މަރުވެއްޖެ

ހުޅުމާލޭގެ ހިޔާ ޓަވަރުން ވެއްޓުނު ކުޑަ ކުއްޖާ މަރުވެއްޖެ އެވެ.

އުމުރުން 15 އަހަރުގެ މި ކުއްޖާ ވެއްޓުނީ ހަވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާ އިންނެވެ.

މިކުއްޖާ މަރުވީ ފްލެޓުން ވެއްޓުނު ފަހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބޯ ފަޅައިގެން ގޮސް ކުއްޖާ ނޭވާއެއް ނުލަ އެވެ.

މިކުއްޖާ ވެއްޓުނު ކަމަށްވަނީ ކާރެއްގެ ބޮނެޓްގެ މައްޗަށެވެ.

ފްލެޓުން ކުއްޖާ ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.