މޯލްޑިވްސް ޕޮލިސް ސާވިސް

މީހުން ހައްދާލައިގެން އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލަ ބަލަނީ

އެކި ވާހަކަދައްކާ އެކި މީހުން ހައްދާލައިގެން އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މީހުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޓަވަރަކަށެވެ. އެއީ ކޮން ޓަވަރެއް ކަމެއް ފުލުހުން ނުބުނެ އެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްމަންޓަށް މީހުން ގެންދަނީ އަންހެނުންތަކެއް އަޑީގައި ތިބެގެން ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.

ފުލުހުން އިތުރަށް ބުނީ ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން ގުޅައި ތަންތަނަށް ދާން އެދުނު ކަމުގައިވީ ނަމަވެސް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.