މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުމަތިން މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިންނެވެ.

ހަށިގަނޑު ފެނިގެން ރިޕޯޓް ލިބުނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އިތުރު ތަފުސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އދ. ދަނގެތިން އެކަނި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.